ފުޓްބޯޅައިން އިސްރާއީލު ސަސްޕެންޑްކުރަން ޔުއެފާއަށް ގޮވާލައި އަޔަރލޭންޑް ފުޓްބޯލް އެސޯސިއޭޝަނުން ގަރާރެއް ފާސްކޮށްފި

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ ދުނިޔެ

ފުޓްބޯޅައިން އިސްރާއީލު ސަސްޕެންޑްކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް އަޔަރލޭންޑުން ޔޫރަޕްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ޔުއެފާއަށް ގޮވާލައިފިއެވެ.

އަޔަރލޭންޑް ފުޓްބޯޅަ އެސޯސިއޭޝަނުން މިކަމަށް ގޮވާލީ، އެ އެސޯސިއޭޝަންގެ މެމްބަރުންގެ މެދުގައި ވޯޓެއް ނަގައި ފާސްކުރި ގަރާރަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ގަރާރު ފާސްކުރުމަށް 74 މެމްބަރުން ވޯޓު ދިންއިރު، ގަރާރާ ދެކޮޅަށް ވޯޓް ދީފައިވަނީ އެންމެ 2 މެމްބަރުންނެވެ.

އެ ގަރާރުގައި، ޔުއެފާގެ ގަވާއިދާ އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަން ޚިލާފްވެފައިވާ ދެކަމެއް ބަޔާންކޮށްފައި ވެއެވެ.

އެއްކަމަކީ، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުގެ ޓީމުތަކުން މެޗްތައް ކުޅޭނަމަ ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަންގެ ހުއްދަ ހޯދަން ޖެހޭނޭ ކަމަށް ޔުއެފާއިން ކަނޑައަޅާފައި ވީނަމަވެސް އިސްރާއީލުން އެކަން ނުކުރާ މައްސަލައެވެ.

ދެވަނަ ކަމަކީ، ރޭސިޒަމާ ދެކޮޅު ސިޔާސަތެއް އެކަށައަޅައި އަމަލުކުރުމަށް އަންގާފައި ވީނަމަވެސް އެކަން ނުކުރާ މައްސަލައެވެ.

މި މައްސަލަތަކާ ގުޅިގެން އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރުމަށް ޔުއެފާއަށް ގޮވާލައި އަޔަރލޭންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ގަރާރެއް ފާސްކުރިއިރު، ފުޓްބޯޅަ މުބާރާތްތަކުން އިސްރާއީލު ސަސްޕެންޑް ކުރުމަށް ތުރުކީއާއި، ނޯރވޭގެ ފުޓްބޯޅަ އިދާރާތަކުންވެސް ސެޕްޓެމްބަރު މަހު ގޮވާލާފައި ވެއެވެ.

އިސްތިއުމާރީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، ޣައްޒާއިން ފަލަސްތީނު ރައްޔިތުންގެ ނަސްލުނައްތާލަމުންދާކަން އދގެ މިނިވަން ކޮމިޝަންގެ ތަހްގީގުން ސާބިތުވުމާ ގުޅިގެން ބައިނަލްއަގްވާމީ ފުޓްބޯޅައިން އިސްރާއީލު ސަސްޕެންޑް ކުރުމަށް ފީފާއަށާއި ޔުއެފާއަށް އދއިންވެސް ގޮވާލާފައި ވެއެވެ.

ނަމަވެސް، ފީފާއާއި ޔުއެފާއިން ގެންދަނީ އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ދެކޮޅު ހަދަމުންނެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުން، ހަފްތާއެއްވެސް ނުވަނީސް ފީފާއިންވަނީ ރަޝިޔާ ބައިނަލްއަގްވާމީ ފުޓްބޯޅައިން ސަސްޕެންޑް ކޮށްފައެވެ.

އެކަމަކު، އިސްރާއީލު ސަސްޕެންޑްކުރަން ފީފާގެ އިތުރުން، ޔުއެފާއިންވެސް ގެންދަނީ އެތަކެއް ބަހަނާތަކެއް ދައްކަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ