އިމިގްރޭޝަންގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށްފި

ޚަބަރު ފަހުގެ

އިމިގްރޭޝަންގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދާނާކޮށް އެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އެހެން ހަރުފަތަކަށް ގެންދިޔުމަށް އަލަށް ޤާއިމްކުރެވުނު ޚިދުމަތްތައް ތައާރަފްކުރުމަށް ބާސެލޯ ނަސަންދުރައިގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ އައު މޯބައިލް އެޕްލިކޭޝަނާއި ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން އަދި “އީ-ވިޒާ” ވަނީ ތަޢާރަފްކޮށްފައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އައު މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނ،ް ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަޞީޙެއެވެ.

މި އެޕްލިކޭޝަނަކީ މޯލްޑިވްސް އިމގްރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތައް އެއްތަނަކުން ފަސޭހައިން ކޮންމެ މީހަކަށްވެސް ބޭނުން ކުރެވޭނެހެން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.

ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން “އެމް އައިޑީ ޗެކަރ” އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން “އެމް އައިޑީ ޗެކަރ” އަކީ ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މޯލްޑިވްސް 2.0ގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި އިމިގްރޭޝަނުން މުޅިން އަލަށް ތަޢާރަފުކުރާ “އީ-ވިޒާ” ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީނަށް ދޫކުރާ ހުއްދަ ނުވަތަ ވިޒާގެ ކަންކަން ކުރުމަށް މީގެ ކުރިން ވަރަށް ގިނަ ވަގުތު ނަގައެވެ. އެހެންނަމަވެސް އަލަށް ތަޢާރަފްކުރި “އީ-ވިޒާ” ގެ ޚިދުމަތާއެކު ވިޒާގެ ކަންކަން ކުރުމަށް މީގެ ކުރިން އިމިގްރޭޝަނަށް ދާން ޖެހޭ ޖެހުން ނިމުމަކަށް އައިސް، ފަސޭހަކަމާއެކު އޮންލައިންކޮށް ވިޒާގެ އެންމެހާ ކަންކަން ކުރެވިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަން ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޚާއްސަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ