މާފަރު އެއާޕޯޓު ޓާމިނަލް ތަރައްޤީ ކުރުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. މިމަސައްކަތުގެ ދަށުން ޓަރމިނަލާއި އިންވެގެން ދެ ފަންގިފިލާގެ ޢިމާރަތެއް ތަރައްޤީކުރާނެ އެވެ.

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު ހިންގަމުން ދަނީ ޤައުމީ އެއަރލައިން މޯލްޑިވްސް ހިންގާ ކުންފުނިން އައިލޭންޑް އެވިއޭޝަން ސާވިސެސްއިން ނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމަށް ބަޔަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިލޭންޑް އެވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސެވެ. ޗައިނާގެ ހުނާން ނަމްބަރ 6 ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ލީގަލް ރެޕްރެޒެންޓޭޓީވް ވަންގް ހީއެވެ.

މިއީ ޖުމްލަ 3.6 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއް ކަމަށް އައިލޭންޑް އެވިއޭޝަނުން ވިދާޅުވިއެވެ. އެއާޕޯޓު ޓާމިނަލާއި އިންވެގެން އަޅާ އިމާރާތަކީ މިހާރުވެސް ކުޑަވެފައިވާ ޖާގައަަށް 6238 އަކަފޫޓުގެ އިތުރުވާނެ ކަމެއްކަން އައިލޭންޑް އެވިއޭޝަނުން ވިދާޅުވެއެވެ. މިއާއެކު މުޅި ޖުމްލަ ޓަރމިނަލް ޖާގައަށް 12476 އަކަފޫޓުގެ އިތުރުވުމެއް އަންނާނެކަން އެކުންފުނިން ފާހަގަކުރެއެވެ. މިމަޝްރޫޢު ހަވާލުކޮށްފައިވަނީ 10 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އައު ޓާމިނަލް ޢިމާރާތަށް އައު ޢިމާރާތެއް އައުމާއެކު ގިނަ ޚިދުމަތްތައް ފުޅާވެގެން ދާނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ. މިގޮތުން މިހާރު ބޭނުން ކުރާ އެރައިވަލް ހޯލް ބޮޑުކުރެވި، ބެގޭޖް ހޭންޑްލިންގް ބެލްތް ބޮޑުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މަޝްރޫޢު ނިމިގެންދާއިރު ފުރަތަމަ ފަނގިފިލާގައި 60 މީހުންގެ ޖާގައިގެ ތަނަވަސް ލައުންޖެއް ޤާއިމްކުރެވޭނެ އައި.އޭ.އެސް އިން ވިދާޅުވި އެވެ. އަދި ގްރައުންޑް ފްލޯގައި 4 ސީއައިޕީ ލައުންޖް ޤާއިމްކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މިމަޝްރޫޢުގެ ސަބަބުން އެއާޕޯޓު ބޭނުން ކުރާ ރައްޔިތުންނަށް އަދި ބޭރުގެ ފަތުރުވެރިންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އައިލޭންޑް އެވިއޭޝަނުން ވިދާޅުވިއެވެ. އައިލޭންޑް އެވިއޭޝަނުން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް މާފަރު ތަރައްޤީ ކުރުމުގެ މާސްޓަރޕްލޭނެއް މިހާރު ތައްޔާރު ކުރަމުންދާ ކަމަށެވެ. އަދި އުއްމީދަކީ އެ ޕްލޭންގެ ދަށުން މާފަރުގައި ތަރައްޤީގެ އިތުރު މަޝްރޫޢޫތައް ހިންގުން ކުރިއަށް ގެންދިއުން ކަމަށް އެކުންފުނިން ވިދާޅުވިއެެވެ.

މާފަރު އެއާޕޯޓުގައި ފުރަތަމަ ފިޔަވަހީގެ ދަށުން، 2200 މީޓަރުގެ ރަންވޭއަކާއި، ޕެސެންޖަރ ޓަރމިނަލް އިމާރާތާއި ވީއައިޕީ ލައުންޖް ވަނީ ތަރައްޤީކޮށްފަ އެވެ. މީގެ އިތުރުން ފަޔަރ އެންޑް ރެސްކިއު ސްޓޭޝަނާއި ކޮންޓްރޯލް ޓަވަރ އަދި ޕެސެންޖަރ ޖެޓީ ވަނީ ޤާއިމުކޮށްފަ އެވެ. މާފަރު އެއަރޕޯޓްގެ މަސައްކަތް ފަށާފަވަނީ 23 ޖެނުއަރީ 2018ގައެވެ. މި އެއާޕޯޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ކޮމާޝަލް ދަތުރުތައް ފެށީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހު އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ