ތިލަމާލެ ބްރިޖް މަޝްރޫޢުގެ 66.26 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފި

ޚަބަރު ފަހުގެ

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް މައުލޫމާތު ދެމުން މިނިސްޓްރީން ބުނި ގޮތުގައި މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ މާލެ އާއި ވިލިމާލެ އާއި ދެމެދު ބްރިޖްގެ ތަނބުތައް ގުޅުވުމުގެ މުހިންމު މަސައްކަތެވެ.

މިނިސްޓްރީން ބުނީ، މި ބިޔަ މަޝްރޫޢުގެ ތެރެއިން ތިން ރަށް ގުޅާލާ ތަނބުތައް ޖެހުމުގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށެވެ. އަދި ތަނބުތަކުގެ މަތީ ސްޓްރަކްޗާގެ 98 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ތަނބުތައް ގުޅުވާލުމުގެ 36 އިންސައްތަ މަސައްކަތް ވެސް ވަނީ ފުރިހަމަ ކުރެވިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ބްރިޖްގެ މައި ސައިޓުގައި މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓުކުރުމުގެ މަސައްކަތެވެ. ބްރިޖްގެ ތަނބުތައް ގުޅާލުމަށް ޑެކުގައި އަޅަންޖެހޭ ޖުމްލަ 1222 ސެގްމަންޓްގެ ތެރެއިން މިހާތަނަށް 912 ސެގްމަންޓް ކާސްޓްކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރި އެވެ.

ބްރިޖުގެ މައި މަސައްކަތުގެ އިތުރުން، ބްރިޖާއި ގުޅިގެންދާ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފަ އެވެ. އެގޮތުން ގުޅިފަޅުން ބްރިޖް ގުޅާލާ ކޯޒްވޭގެ މަސައްކަތް މިހާރު ސައިޓުގައި ކުރިއަށްދާއިރު، އެ ސަރަޙައްދުގެ އެއްގަމު ތޮށީގެ މަސައްކަތްތައް ވެސް ދަނީ ހިންގަމުންނެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ