މަހްލޫފް ޕީއެންސީއާ ގުޅިއްޖެ

ޚަބަރު ފަހުގެ

ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް މިރޭ ސަރުކާރު ހިންނާ ޕާޓީ ޕީއެންސީއަަށް ސޮއިކުރައްވައިފިއެވެ.

މަހުލޫފް ކޮންގުރެސް ޕާޓީއަށް ސޮއިކޮށްފައި ވަނީ، މިރޭ އެ ޕާޓީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މަހުލޫފް ސިޔާސީ މައިދާނުން ފުރަތަމަ ފެނުނީ ޑީއާރުޕީންނެވެ. އެއަށް ފަހު އެ ޕާޓީގެ ތެރެއިން އުފެދުނު ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވި އެވެ. މަހުލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ގުޅުންގޯސްވި ހިސާބުންނެވެ.

އެއަށް ފަހު ދެން އުފެދިގެން އައި ސޯލިހުގެ ވެރިކަމުގައި މަހުލޫފް ވަނީ ފަސް އަހަރު ވަންދެން ޔޫތު މިނިސްޓަރުކަން ކުރައްވައިފަ އެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތަށް ސަސްޕެންޝަނެއްގައި ހުންނަވަން ޖެހިވަޑައިގަތެވެ.

މަހުލޫފްގެ އިތުރުން މަޝްހޫރު ނޫސްވެރިޔާ އިމާދް ލަތީފް އާއި އެމްޑީޕީގައި ކުރިން އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތަކުން ވަނީ ކޮންގްރެސް ޕާޓީއާ ގުޅިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ