ތިން މަސް ތެރޭ އިތުރު 70 ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓަނީ

ޚަބަރު ފަހުގެ

ތިން މަސް ތެރޭ އިތުރު 70 ރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމް ބަހައްޓާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ތާރީހުގައިވެސް ބޭއްވި އެންމެ ބޮޑު އެއްވުން “ދިވެހިންގެ ރާއްޖެ” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް ވިދާޅުވީ އަންނަ އަހަރުގެ މާޗް މަހާ ހަމައަށް ދާންވާއިރަށް އިތުރު 70 ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓައި ދެއްވާނެ ކަމަށެވެ. އޭޓީއެމްތައް ބެހެއްޓުމުގައި ބަލާނީ ޓޫރިސްޓު ގެސްޓް ހައުސްތައް އަޅާފައިވާ 150 އެނދަށްވުރެ ގިނައިން ހިދުމަތްދޭ ރަށްތަކާއި އާބަން ސެންޓަރުތަކާއި އާބާދީއަށް ބަލާއިރު 2000 އަށްވުރެ އާބާދީ ގިނަ ހުރިހާ ރަށްތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިހާތަނަށް މި ސަރުކާރުން ވަނީ އައްޑޫ ސިޓީ، މާލެ، ހުޅުމާލެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ކުޅުދުއްފުށި ސިޓީ، ކ. މާފުށި އަދި އއ. ތޮއްޑޫ އަދި ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމް ގާއިމްކޮށް ހިދުމަތްދޭން ފަށައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ