ރަަަމަޟާން މަހުގެ ކަަރަންޓު ބިލް 400ރ އަށް ވުރެ ބޮޑެއް ނުވާނެ: ރައީސް

ޚަބަރު ފަހުގެ

މަޟާން މަހުގެ ކަަރަންޓު ބިލް 400ރ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

‘ދިވެހީންގެ ރާއްޖެ’ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ރަމަޞާންމަހުވެސް ހަދިޔާ ދެއްވުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން މިދިޔަ ރޯދައެކޭއެއްގޮތަށް އަންނަ ރޯދަމަހުވެސް ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރައްވާނެކަމަށެވެ. އޭގެއިތުރުން ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކުގެ ކަރަންޓް ބިލަށް އަންނަ ރަމަޞާންމަހު އަރާނީ 400 ރުފިޔާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

” ކޮންމެ ރަމަޞާންމަހަކުވެސް އަޅުގަނޑުމެން އެބަ ހަދިޔާ ދެން. ނޫނިއްޔާ ކަންތައްތަކެއް އެބަ ފަހިކޮށްދެން. ހަމަ މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މަސްދަޅުކޭސް ލިބޭނެ. އޭގެއިތުރަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޞާންމަހު ނަގާނީ 400 ރުފިޔާ. ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް މިއަންނަ ރަމަޞާންމަހު ނަގާނީ އެމަހުގެ ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ. ބާކީބައި ޑިސްކައުންޓް.” ރައީސް ވިދާޅުވިއެވެ.

މިދިޔަ ރަމަޞާންމަހު ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅުކޭސް ބަހާފައެވެ. އެގޮތުން ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ވަނީ ހަދިޔާކޮށްފައެވެ. އެއީ މާލޭގެ ގޭބިސީތަކަށް 50،519 މަސްދަޅު ކޭހެވެ. އަދި އަތޮޅުތަކުގެ 60،712 ގޭބިސީއަކަށް ހަދިޔާކުރި މަސްދަޅުކޭސް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ކަރަންޓު ބިލުން ޑިސްކައުންޓްވެސް ވަނީ ދެއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ