ފިރިހެނަކު ކުޑަ ދެ އަންހެން ކުއްޖަކާ ބެހުނު މައްސަލަތަކެއް ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓްކުރީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
ނަމަވެސް މި މައްސަލައާއި ގުޅޭ ޕޯސްޓެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. މި ޕޯސްޓްގައި ބުނެފައިވާގޮތުން ޒިންމާދާރު މަގާމެއްގައި ހުރި މީހަކު އޭނާ ރައްޓެހިވެގެން އުޅޭ އަންހެނެއްގެ ދެ އަންހެން ދަރިންނަށް، އަންހެން މީހާގެ ރުހުމުގައި ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކައި ގްރޫމް ކޮށްގެން ޖިންސީގޯނާކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.


