ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން އަލްއުސްތާޛު މުޙައްމަދު ފައިސަލް އިސްތިއުފާދެއްވައިފި

ޚަބަރު ފަހުގެ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް އިސްތިއުފާދެއްވައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް އިސްތިއުފާދެއްވުމާ ގުޅިގެން ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް، ހައިކޯޓުގެ ނަމުގައި އެ ކޯޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

19 މާރިޗު 2025 ވަނަ ދުވަހުން ފެށިގެން، 19 ނޮވެންބަރު 2025 ވަނަ ދުވަހާއި ހަމައަށް ހައިކޯޓު ހިންގެވުން ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލްއާއެވެ.

ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް ކުރިން ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލްވަނީ ޤާނޫނީ ވަކީލެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ.

އަލްއުސްތާޛު މުޙައްމަދު ފައިސަލްއަކީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ