24 ގަޑިއިރު ތެރޭ ޣައްޒާއިން 21 މީހުން ޝަހީދުކޮށްލައިފި، ހަމާސްގެ ރުޅި މީޑިއޭޓަރުންނަށް

ޚަބަރު ފަހުގެ ދުނިޔެ

އިސްތިއުމާރީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ވައިގެ ހަމަލާތައް އިތުރުކޮށް، ވަރުގަދަ ކޮށްފިއެވެ.

ޣައްޒާގެ އުތުރުގެ ހިސާބުތަކަށާއި، ޣައްޒާގެ ދެކުނަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތައް އިތުރަށް ވަރުގަދަކޮށް، އިމާރާތްތަކާއި ގެތަކަށް ގެންދަނީ ބޮން އަޅަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ، އިސްތިއުމާރީ ސިފައިން ހަމަލާތައް ދިނުމުގެ ސަބަބުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި  ޣައްޒާއިން 21 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

އިއްޔެ އެކަނިވެސް ޣައްޒާއިން 15 މީހުންޝަހީދު ކޮށްލާފައި ވެއެވެ.

ގެއަކަށް ބޮން އެޅުމުގެ ސަބަބުން އާއިލާގެ އެންމެންވަނީ ޝަހީދުވެފައެވެ.

މިއަދުގެސް ގާޒާ ސިޓީގެ ގެއަކަށް ބޮންއެޅުމުގެ ސަބަބުން ގޭގައި ތިބި އެންމެނާއެކު އަލިފާން ރޯވެ އަނދަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައި ވެއެވެ.

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަމްލުކުރަން ފަށާފައި ވީނަމަވެސް، އިސްތިއުމާރީ ޓެރަރިސްޓުން އެކި އެކި ހުއްޖަތް ދައްކައި މުޅި ޣައްޒާއަށް ގެންދަނީ ހަމަލާތައް ދެމުންނެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ، ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އަމަލުކުރަން ފެށުނުފަހުން އެކަނިވެސް މިހާތަނަށް 339 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ދިން ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 871 އަށް އަރާފައި ވެއެވެ.

ޣައްޒާ މީޑިއާ އޮފީހުން ބުނެފައިވަނީ، އެއްބަސްވުމާ ޚިލާފްވެ އިސްރާއީލުން މިހާތަނަށް ޣައްޒާއަށް 500 އަށްވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށެވެ.

އިސްތިއުމާރީ ސިފައިން އިއްޔެއާއި މިއަދު ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާއިރު، ޣައްޒާއާ ދެކޮޅަށް ކުރަމުންދިޔަ ނަސްލުނައްތާލުމުގެ ހަނގުރާމަ އަލުން ފެށުމަށް އިސްތިއުމާރީ ބާރުން ހުރިހާ މަގެއް ފަހިކުރަމުންދާ ކަމަށް ބުނެ ހަމާސްއިންވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން މުޅީން ނެތެމުންދާ ކަމަށް އިންޒާރުކޮށް އިސްރާއީލު ހުއްޓުވަން ވަގުތުން ފިޔަވަޅު އެޅުމަށް ހަމާސްއިންވަނީ މެދުވެރިއެއްގެ ދައުރު އަދާކުރި ގައުމުތަކަށް ގޮވާލާފައެވެ.

އިއްޔެ ޣައްޒާއަށް ދިން އަނިޔާވެރި ހަމަލާތަކާ ގުޅިގެން ހަމާސްއިން އެ ގައުމުތަކަށް ފޮނުވީ ވަރަށް ރުޅިގަދަ މެސެޖްތަކެއް ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ