ޕީއެސްއެމްގެ އެމްޑީއަކަށް ޝަކީބު

ޚަބަރު ފަހުގެ

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މަޝްހޫރު ޕްރެޒެންޓަރު އަހްމަދު ޝަކީބް (ޝަކީއްބެ) ހަމަޖައްސައިފި އެވެ.

އެ މަގާ މަށް އޭނަ ހަމަޖައްސާފައި މި ވަނީ އެންމެ ފަހުން އެމްޑީއަކަށް ހުންނެވި އިބްރާހިމް ނަސްރީން މިދިޔަ މަހުގެ 29 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ތައުލީމީ ދާއިރާގައި އެތައް އަހަރަކު މަސައްކަތް ކުރައްވާފައިވާ ޝަކީއްބެ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވި ހަތަރު ވަނަ ބޭފުޅާ އެވެ. އަދި އޭނަ އަކީ ރައީސް ސިލްސިލާކޮށް “ރައްޔިތުންނާ އެކު” ގެ ނަމުގައި ކުރިއަށް ގެންދަވާ ޕޮޑްކާސްޓް ޝޯގެ ހޯސްޓެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ އެމްޑީއަކަށް އައްޔަންކުރެއްވީ ކުރީގެ ނޫސްވެރިޔާ ޒީނާ ޒާހިރެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ އޮގަސްޓް 24 ގައެވެ.

އޭގެ ފަހުން ޕީއެސްއެމްގެ އެމްޑީއަކަށް އައްޔަންކުުރީ އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު 17 ގައި އިސްތިއުފާ ދެއްވާފަ އެވެ.

ސައީދަށް ފަހު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސެވި އިބްރާހީމް ނަސްރީން މިހާރު ހުންނެވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ