ހެލިކޮޕްޓަރު ހިދުމަތަށް ދޭނެ ފަރާތެއް ހޯދަން ހުޅުވާލައިފި

ޚަބަރު ފަހުގެ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން އަލުން ހުޅުވާލައިފި އެވެ. މިއީ މިދިޔަ އޮގަސްޓު މަހު ވެސް މިކަމަށް އިއުލާންކޮށްފައިވާ ކަމެކެވެ.

މިނިސްޓްރީން ބުނީ އީއައިއޯ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށާ، ހެލިކޮޕްޓަރު ހިދުމަތް ދޭނެ ފަރާތެއް ހޯދަނީ 10 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. މި ހިދުމަތް އެއާ އެމްބިއުލާންސްގެ ގޮތުގައި އާއި ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުންކުރާނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ސްޓަޑީއެއް ހަދާފައިވާ ކަމަށާ، އެ މިންގަނޑުތަކާ އެއްގޮތަށް ހިދުމަތް ފަށާނެ ކަމަށެވެ. މިހާރު ރާއްޖޭގައި އިންޑިއާގެ ފަރާތުން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އޮވެ، މެޑިކަލް އިވެކްއޭޝަންތަކަށް ބޭނުންކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ