ބިލްބާއޯ ބަލިކޮށް ބާސާ ތިންވަނައަށް

ކުޅިވަރު ފަހުގެ

ސްޕެނިޝް ލީގުގައި ބުދަ ދުވަހުގެރޭ އެތުލެޓިކް ބިލްބާއޯ ބަލިކޮށް ބާސެލޯނާއިން ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ބިލްބާއޯގެ ދަނޑުގައި ކުޅުނު މި މެޗުން ބާސާ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ބިލްބާއޯއިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިނާކީ ވިލިއަމްސްއެވެ. އެކަމު މެޗުގެ 14 ވަނަ މިނެޓުގައި ޒުވާން މިޑްފީލްޑަރު ޕެޑްރީ ވަނީ ބާސާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 38 ވަނަ މިނެޓުގައި ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ ލަނޑެއް ޖަހާ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.

މި މެޗުގައި ބާސާއިން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 62 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މެސީއެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި އިކާ މުނިއައިން ވަނީ ބިލްބާއޯއަސް ފަރަގު ކުޑަކޮށްދީފައެވެ.

މި މޮޅާއެކު ބާސާ ތިންވަނައަށް ކުރިއަށް ޖެހިލީ ކުޅުނު 17 މެޗުން ލިބުނު 31 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 15 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 17 މެޗުން ވަނީ 36 ޕޮއިންޓް ލިބިފައެވެ. އަދި ބުދަ ދުވަހުގެރޭ ބާސާ އަތުން ބަލިވި ބިލްބާއޯ އޮތީ ތާވަލުގެ ނުވަވަނައިގައި 18 މެޗުން 21 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ