ޝައިން ޗުއްޓީ މާ މަޖާ ގެ ތިންވަނަ މެޗު އެޕް.ޓީ ލީތަލް ކަމިޔާބުކުރިއިރު، މުބާރާތުގެ ހަތަރު ވަނަ މެޗު ރޭންޖާސް ކާމިޔާބު ކޮށްފިއެވެ.
އިއްޔެ ހަވީރު ބޮޑުފުޅަދޫ ފުޓުސަލް ދަނޑުގައި ކުޅެވުނު ފުރަމަމަ މެޗުގައި ވާދަކުރީ ބެންޒާއީ ސިޓީ އާއި އެފް.ޓީ ލީތަލް އެވެ. މިމެޗު އެފް.ޓީ ލިތަލް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފް.ޓީ ލީތަލްގެ ޖާރޒީ ނަންބަރ 9 ސައިހާން ނަޝީމް އެވެ.

އިއްޔެ ކުޅެވުނު ދެވަނަ މެޗުގައި ބައްދަލުކުރީ ދިވެހި ކުދިން އަދި ރޭންޖާސް އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު ކާމިޔާބު ކުރީ 5-2 އަކުން ރޭންޖާސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރޭންޖާސް ޖާރޒީ ނަންބަރ 5 އިބްރާހިމް ނައުފަލް އެވެ.
މި މުބާރާތަކީ 2019 އިން ފެށިގެން ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް އެރަށުގެ 13 އަހަރުގެ ކުދިންނަށް ހާއްސަކޮށްގެން ރަށު ކައުންސިލުން ރާވައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މިއަހަރުގެ މުބާރަތް ކުރިއަށްގެންދަނީ “ޝައިން ގޭޓް ޗުއްޓީ މާ މަޖާ” ގެ ނަމުގައި ކަމަށެވެ. ޝުޖާއި އިތުރަށް ވިދާޅުވީ “އަޅުގަނޑުމެން މިމުބާރާތް ކުރިއަށްގެންދަނީ ރަށުގެ ވިޔަފާރިވެރިންގެ އެއްބާރުލުމާ އެކުގައިއެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ޝައިން ގޭޓެވެ.
ފޮޓޯ : ބޮޑުފޮޅުދޫ ކައުންސިލް


