ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ތެލެސީމިއާ ބަލި މީހުންނަށް މަހަކު 2،000 ރުފިޔާ ދެނީ

ޚަބަރު ފަހުގެ

މިކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މާދަމާއިން ފެށިގެން ކުރަން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ މިއަދަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުތައް ފުއްދެވުމުގައި އިތުރު ހަރުފަތަކަށް ދިޔަ ދުވަހެއް ކަމަށެވެ. އަލަށް ފެށުނު ބައެއް ޕްރޮގްރާމްތަކަކީ މިއަދުގެ މުޖުތަމައުގައި އުޅޭ ގިނަ ބައެއްގެ ކަންބޮޑުވުންތަކާއި ތަސައްލީއެއް ލިބިގެންދާނެ ޕްރޮގްރާމްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެތައް ލުޔެއް ލިބިގެންދާނެ ކަމެއް. ރައީސް ޑރ. މުއިއްޒު، ރައްޔިތުންނާ ބައްދަލު ކުރެއްވުމުން ރައްޔިތުން ހުށަހަޅުއްވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ކުރައްވައި ރައީސް އެ ގެންދަވަނީ އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވައި ލުއި ފަސޭހަތައް ހޯއްދަވައި ދެއްވަމުން،” ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި ނަފްސާނީ ހުރިހާ ފަރުވާއަކަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ކަން އިއުލާން ކުރެއްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ ނަފުސާނީ ބައްޔަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް އެކަމަށް ކުރާ ފަރުވާތަކަށް މިއަދާ ހަމައަށް ވެސް އާސަންދަ ނުލިބޭ ކަމަށެވެ.

 

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ