ހަނިމާދޫ އެއާޕޯޓް ބޭރު ބަޔަކަށް ހަވާލެއް ނުކުރާނެ، ހިންގާނީ ދިވެހި ސަރުކާރުން: އަމީން

ޚަބަރު ފަހުގެ

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން ރާއްޖެއިން ބޭރުގެ ބަޔަކާ ހަވާލުނުކުރާނެ ކަމަށާއި އެ އެއާޕޯޓް ހިންގާނީ ދިވެހި ސަރުކާރުންކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް ހިންގުމަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ. އަދި ދިވެހި ސަރުކާރުންވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގޭނެ ކުންފުންޏެއް ބަލައި ދިނުމަށް އެދިފައިވާ ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ރާއްޖޭގެ ހުރިހާ އެއާޕޯޓެއް، ޑޮމެސްޓިކް އަދި ބައިނަލްއަގުވާމީ އެއާޕޯޓުތައް މެނޭޖުކޮށް، އޮޕަރޭޓް ކުރާނީ މޯލްޑިވްސް ސިވިލް އެވިއޭޝަން އޮތޯރިޓީން ކަނޑައަޅާ ރާއްޖޭގެ ފަރާތްތަކެއް،” އަމީން ވިދާޅުވިއެވެ.

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށްފަހު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުގައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމުކުރި ރަންވޭ އަކީ 2.7 ކިލޯމީޓަރުގެ ދިގު ރަންވޭ އެކެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ