ހަނދުމަ ޖަމިއްޔާގެ ރަމަޟާން ޙިފްޡު ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހަނިމާދޫ ޚަބަރު ފަހުގެ

މި ޕްރޮގްރާމުގައި ހަނިމާދޫގައި ދިރިއުޅޭ އަށް އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެކަމަށް ހަނދުމަ ޖަމިއްޔާގެ ފަރާތުން މަޢުލޫމާތު ދެއެވެ. އަދި މި ޕްރޮގުރާމްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ވަނީ މި ހިނގާ (ޖެނުއަރީ މަހުގެ) 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައެވެ.

މި ޕްރޮގުރާމަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނާއި ޤުރުއާން ޙިފްޡު ކުރުމަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ ޕްރޮގުރާމެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ޕްރޮގުރާމުގައި ބަލާނީ ބައިވެރިވާ ފަރާތްތަކުން މިހާރު ހިތުދަސްވެފައިވާ މިންވަރަށްވުރެ އިތުރަށް ޤުރުއާން ހިތުދަސްކުރުމަށް ބާރުއެޅުމެވެ.

މި ޕްރޮގުރާމުގައި ކަނޑައެޅިފައިވާ މިންވަރަށް ހިތުދަސްވެ މި ޗެލެންޖުގައި ވާދަކުރުމުގެ ޝަރުޠު ފުރިހަމަ ވާ ފަރާތްތަކުގެ ތެރެއިން ވަނަ ވަނައަށް އަންނަ ފަރާތްތަކަށް އިނާމެއް ލިބިގެންދާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 9921871 ގުޅުއްވުން އެދެމެވެ. މި ޕްރޮގުރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯރމް ފުރިހަމަކުރެއްވުމަކީ ޖަމިއްޔާގެ އެދުމެކެވެ.

ގޫގުލް ފޯރމް

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ