އެމްޑީޕީގެ އެތެރޭގެ އިންތިޚާބު: ހަނިމާދޫ ކައުންސިލްގެ ރައީސްކަމުގެ ޕްރައިމްމަރީ ކާމިޔާބުކުރީ ޢަލީ އިބްރާހިމް

ހަނިމާދޫ ފަހުގެ

މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، ބޮޑު އަޣުލަބިއްޔަތަކުން ހަނިމާދޫ ކައުންސް ރައީސްކަން ޢަލީ އިބްރާހީމް ކާމިޔާބުކުރައްވައިފިއެވެ.

ހަނިމާދޫގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ ދައްކާގޮތުން، ޢަލީ އިބްރާހީމަށް 115 ވޯޓު ލިބިވަޑައިގެންފައިވާއިރު، އޭނާއާ ވާދަކުރެއްވި ޢަބްދުއްސައްތާރު ޙަސަނަށް ލިބިވަޑައިގަތީ 42 ވޯޓެވެ. މި ފޮށިން 2 ވޯޓު ބާޠިލުވެފައިވާއިރު، މި ފޮށްޓަށް ވޯޓުލުމުގެ ޙައްޤު ޖުމްލަ 272 މީހުންނަށް ލިބިފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެ އިތުރުން، މާލޭގައި ބެހެއްޓި ހަނިމާދޫ ވޯޓު ފޮށީގެ ނަތީޖާއަށް ބަލާއިރު، ޢަބްދުއްސައްތާރު ޙަސަނަށް 26 ވޯޓު ލިބިވަޑައިގެންފައިވާއިރު، ޢަލީ އިބްރާހީމަށް ލިބިވަޑައިގަތީ 6 ވޯޓެވެ. މާލޭގައި ބެހެއްޓި ފޮށްޓަށް ވޯޓުލުމުގެ ޙައްޤު 52 މީހަކަށް ލިބިފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ