ދިރާސީ އާ އަހަރުގެ ކިޔެވުން ފެށި ދަރިވަރުން ސްކޫލަށް!

ޚަބަރު ފަހުގެ

އަށްޑިހަ ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށި އިރު ސަރުކާރުގެ 219 ސްކޫލެއްގައި ކިޔަވައިދޭނެ އެވެ. އެ ސްކޫލުތަކުގައި 80،715 ދަރިވަރުން މި އަހަރު ތައުލީމު ހާސިލު ކުރާއިރު ދަރިވަރުންނަށް ކިޔަވައިދޭން 9،952 ޓީޗަރުން ހަރަކާތްތެރިވާނެ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފުތާގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ދިރާސީ އާ އަހަރު ސަރުކާރު ސްކޫލްތަކުގެ ގްރޭޑު އެކެއްގައި ކިޔެވުމަށް 4،790 ދަރިވަރުން އެދިފައިވެ އެވެ. އެއީ އަތޮޅުތަކުގެ ރަށްތަކުން ގްރޭޑު އެކަކަށް ވަނުމަށް އެދުނު 3،042 ދަރިވަރުންނާއި މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ގްރޭޑު އެކަކުން ޖާގަ އަށް އެދުނު 1،748 ދަރިވަރުންނެވެ.

މި އަހަރު ވެސް އަތޮޅުތަކުން މާލެ އަށް 1،530 ދަރިވަރުން ބަދަލުވެފައިވާއިރު މާލެ އިން ހުޅުމާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް 836 ދަރިވަރުން އެދިފައިވެ އެވެ.

މިއަހަރުގެ ދިރާސީ ކަލަންޑަރަށް ބަލާއިރު މި ފެށޭ ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގައި ކިޔަވައިދިނުމަށްފަހު ދަރިވަރުންނަށް ސްކޫލް ބަންދުވާނެއެވެ. އަދި ފިޠުރު އީދު ބަންދަށް ފަހު އަލުން ކިޔެވުން ފަށާނީ މާޗްމަހުގެ 23 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމްގެ ކިޔެވުން ނިމުމަށްފަހު ދަރިވަރުންނަށް ބަންދުވާނީ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ފުރަތަމަ ދުވަހާހަމައަށެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން އޯގަސްޓްމަހުގެ 2 ވަނަ ދުވަހު ފަށާއިރު އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ 18 ޑިސެންބަރުން 12 ޖަނަވަރީ 2027އާ ހަމައަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ