ޒަކާތު ހައުސްއިން ‘ފިޠުރު ޕޯޓަލް’ ތަޢާރުފުކޮށްފި

ފަހުގެ ޚަބަރު

ކުރިއަށް އޮތް 1447ވަނަ އަހަރުގެ ރަމަޟާން މަހު، އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް އަމާޒުކޮށް “ފިޠުރު ޕޯޓަލް”ގެ ނަމުގައި ޚާއްޞަ ޕޯޓަލެއް މޯލްޑިވްސް ޒަކާތު ހައުސްއިން ތަޢާރުފުކޮށްފިއެވެ.

ޒަކާތު ހައުސްއިން މަޢުލޫމާތު ދޭ ގޮތުގައި މި ޕޯޓަލް ފަރުމާކޮށްފައިވަނީ ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދަށެވެ. މިއީ އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމުތައް ހުރި ނަމަވެސް، އެކި ސަބަބުތަކާހުރެ ފައިސާއިން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަސޭހަކަމާއެކު ފަހިކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.
މި ޕޯޓަލްގެ ސަބަބުން ކައުންސިލުތަކުން ބަލައިގަންނަ ޒަކާތުގެ ފައިސާގެ ހިސާބުތައް އެއް ނިޒާމަކުން ބެލެހެއްޓި، ޒަކާތުގެ ކަންކަން އިތުރަށް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެއެވެ. އަދި ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ މުޢާމަލާތްތައް ވަގުތުން ބެލުމުގެ ފުރުޞަތު ޒަކާތު ހައުސްއަށް ލިބިގެންދާނެތީ، އޮންލައިންކޮށްނާއި ނަގުދު ފައިސާއިން ލިބޭ ޒަކާތުގެ ޖުމްލަ ޢަދަދު ކޮންމެ ދުވަހަކުވެސް ކަށަވަރު ކުރެވޭނެކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އައު ނިޒާމާއެކު، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ގޮތަށް ރަމަޟާން މަސް ނިމޭ ތަނުން ލަސްނުކޮށް، ޒަކާތް ޙައްޤުވާ ފަރާތްތަކަށް އަވަސްކަމާއެކު ފައިސާ ފޯރުކޮށްދިނުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޒަކާތުގެ ނިޒާމު ޒަމާނީކޮށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު މުހިންމު މަސައްކަތެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ