ފުލުހުން މިއަދު ބުނީ މާލޭ ހިޔާ 1 އިން މީހު ވެއްޓިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:50 ހާއިރު ލިބިފައިވާ ކަމަށެވެ.
ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ ވެއްޓިފައިވަނީ މާލޭ ހިޔާ 1 ގެ ފަސްވަނަ ފަންގިފިލާ އިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.


