މާލޭ ސްކޭޓް ޕާކް ހުޅުވައިފި

ކުޅިވަރު ފަހުގެ

މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްގީކުރި މި ސްކޭޓް ޕާކް ހުޅުއްވައިދެއްވީ، އެކަމަށްޓަކައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. މި ސްކޭޓް އެރީނާ ފަރުމާކޮށްފައިވަނީ އިންލައިން ސްކޭޓް ކުރާ ފަރާތްތަކަށް ވަކިން ޚާއްސަ 100 މީޓަރުގެ ލޭނަކާއި، ސްކޭޓް ބޯޑް ދުއްވުމަށް ވަކިން ސަރަހައްދެއް ކަނޑައެޅިފަވާގޮތަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދުގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަދި ސްކޭޓިން ކޮމިއުނިޓީގެ އެކި އުމުރުފުރާގެ އެތުލީޓުންނާއި މެމްބަރުބް ބައިވެރިވެވަޑައިގަތެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އެރީނާ ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ ސްކޭޓް ޕާކު ބައްލަވާލައްވާފައެވެ.

ސްކޭޓިންއަށް ހުރި ދަތިތައް ފިލުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޔަގީންކަމާއެކު އަލަށް ބިނާ ކުރަން ފަށައި މިހާރު ރަސްމީކޮށް ހުޅުވާފައިވާ މި ސްކޭޓިން އެރީނާގެ ބިންގާ އަޅައިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން ގާއިމްކުރީ ސްޕީޑް ސްކޭޓިންގއަށް ޚާއްސަ ޓްރެކަކާއި ސްކޭޓް ބޯޑް ދުއްވުމަށް ޚާއްސަ ޕާކެއް ހިމެނޭގޮތަށެވެ. މިއީ އާރްސީސީގެ ސީއެސްއާރުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫޢުއެއްކަން ފާހަގަކޮށްލެވެއެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ