ރައީސް މުއިއްޒު މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިފްތިތާހުކޮށްދެއްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ.

މާލޭގައި ޓެކްސީ ހޯދުމަކީ ޒަމާނުއްސުރެ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ. ޓެކްސީތަކުގައި ތަންތަނަށް ދަތުރުކުރުމަށް އާންމު ފަރާތްތަކުން އަންނަނީ ބޮޑު ތަކުލީފުތައް އުފުލަމުންނެވެ. މާލޭގައި ޓެކްސީ ނުލިބުމުގެ ކަންބޮޑުވުމަކީ އަބަދުވެސް އާންމުން ދައްކަމުން އަންނަ ވާހަކައެކެވެ.

އާންމު ރައްޔިތުންގެ މި ކަންބޮޑުވުމަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ތަޢާރްފަކުރާ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމުގެ މައިގަނޑު މަޤްސަދަކީ، ރައްޔިތުންނަށް ކުރިޔަށްވުރެ ބޮޑަށް ޓެކްސީ ހޯދަން ފަސޭހަކޮށްދީ، ޓެކްސީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުން ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ޓެކްސީ ލައިންގެ ޚިދުމަތް މިހާރު ރަސްމީކޮށް ފަށާފައިވާއިރު، މި ޚިދުމަތަށް ބޭނުންކުރާނީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ.

މި ޚިދުމަތް ދިނުމަށް ތިމާވެއްޓާއި ރައްޓެހި 150 އިލެކްޓްރިކް ކާރު ވަނީ މާލެ ގެނެސްފައެވެ. މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށް ގެެނެސްފައިވަނީ، ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެވެ. ކާރުތައް ގެނައުމުގައި މާލޭގެ މަގުތަކުގައި ދުއްވަން ފަސޭހަ މޮޑެލްއެއް ގެނައުމަށް ވަރަށް ބޮޑަށް ބަލާފައި ވާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ