ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފި އެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު ފެށި މަޝްރޫއު މިމަހުގެ ހަތަރު ވަނަ ދުވަހު ނިންމާލާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 23 ދުވަސް ތެރޭގައި 27 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މި މަޝްރޫއު ކުރިއަށް ގެންދިޔައީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.


