އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމުން އިބުރޭ ވަކިކޮށްފި

ފަހުގެ ސިޔާސީ

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމުން އިބްރާހީމް ވަހީދު (އިބްރޭ) ވަކިކޮށްފި އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ސޮއިކުރައްވާ މިއަދު ވަހީދަށް ފޮނުވި ސިޓީގައި ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގައި ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިހާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެ ދިނުމަށް ޗެއާޕާސަންގެ ނާއިބު (އިދާރީ) އާއި ޗެއާޕާސަންގެ ނާއިބު (މާލީ) ގައުމީ މަޖިލީހުގެ ރުހުމާއެކު ޗެއާޕާސަން އައްޔަންކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަމައެ މާއްދާގައި ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނާއިބަކު ވަކިކޮށް ގައުމީ މަޖިލީހުގެ ރުހުމާއެކު އެހެން ފަރާތެއް ޗެއާޕާސަންގެ ނާއިބު ކަމަށް އައްޔަނު ކުރެވިދާނެ ކަމަށްވެސް ބަޔާންކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ޗެއާޕާސަންގެ ނައިބުކަމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަން ޖެހޭނެ ކަމަށް އެ މާއްދާގައި ބުނެފައިނުވާ ކަމަށާއި އެހެންވެ ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާ އާއި ހަވާލާދީ ޗެއާޕާސަންގެ ނައިބު އިދާރީކަމުން އިބްރާހީމް ވަހީދު ވަކިކުރިކަން ވަނީ އަންގާފަ އެވެ.

ނަމަވެސް، އިބްރާހީމް ވަހީދު ވަކިކުރި ސަބަބެއް މި ސިޓީގައި ހާމަކޮށްފައިނުވެ އެވެ.

މަގާމުން ވަކިކުރި ކަމުގެ ސިޓީ އާންމުކޮށް އިބްރާހީމް ވަހީދު ވިދާޅުވީ އޭނާ ވަކިކުރީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ.

އެ ގޮތުން ގަވާއިދަށް އަމަލުކުރަން ފަށާއިރު ޕާޓީގެ އިންތިހާބީ މަގާމުތަކަށް އިންތިހާބުވެފައިވާ ފަރާތްތައް އެ މަގާމުގެ ދައުރު ހަމަވަންދެން އެ މަގާމުތަކުގައި ދެމި ތިބޭނެ ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގެ 100 ވަނަ މާއްދާގައި ބަޔާންކުރާ ކަމަށް އިބްރާހީމް ވަހީދު ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ