ފ.ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުންދާތީ އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު 09:15 އެހައިކަންހާއިރުކަމަށެވެ.
އަލިފާންގަނޑު ނިއްވާލުމަށް އެސަރަހައްދުގައި ފުލުހުންނާއި ކަމާގުޅުން ހުރި އިދާރާތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާ ހިނގި އިރު ބޯޓުގައި ދެމީހުން ތިއްބެވެ. އެތަނުން އެކަކު ފިހިފައިވާއިރު، ބޯޓުގައި އަލިފާން ރޯވުމާއެކު ދެމީހުންވެސް މޫދަށް ފުންމާލީއެވެ.
އިތުރު ތަފްސީލް އަންނަނީ


