ފީއަލީ ތެޔޮ ބޯޓެއްގައި ރޯވި އަލިފާން ނިއްވާލައިފި

ޚަބަރު ފަހުގެ

ފ. ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު ރޯވި އަލިފާން ނިއްވާލައިފިއެވެ. މި ހާދިސާގައި އެ ރަށުގެ އައިސްޕްލާންޓާއި އިތުރު ތިން ދޯންޏެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދޭ ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:30 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަނާއި ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ މިއަދު 10:35 ހާއިރުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ހާދިސާގައި ތެޔޮ ބޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އަލިފާންގަނޑު ފެތުރިގެން ދިއުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަލާއިރު، ތެޔޮ ބޯޓުގެ އިތުރުން ކައިރީގައި އޮތް ތިން ދޯންޏަކާއި ފީއަލީގެ އައިސްޕްލާންޓް ވަނީ އެއްކޮށް އަނދާފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ