ހޯމްލޭންޑް މިނިސްޓްރީގެ ނަމާއި މެންޑޭޓަށް ބަދަލުގެނެސް، 9 އިދާރާއެއް އެ މިނިސްޓްރީ ދަށަށް

ޚަބަރު ފަހުގެ

ސަރުކާރުގެ އިދާރީ އޮނިގަނޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލުތަކާއެކު، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ނަމާއި މަސްއޫލިއްޔަތުތަކަށް ބަދަލުގެންނަވައި، 9 އިދާރާއެއް އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންނެވި މި ބަދަލާއެކު، ކުރިން “މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ”ގެ ނަމުގައި ހިންގަމުން އައި ވުޒާރާގެ ނަން ވަނީ “މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ”ގެ ނަމަށް ބަދަލުކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަލަށް ގެނެވުނު ބަދަލުތަކާއެކު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ 9 އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އާއި، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއެވެ. މީގެ އިތުރުން ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީއާއި، ލޭބާ ރިލޭޝަންސް އޮތޯރިޓީއާއި، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ އިތުރުން ނޭޝަނަލް ކެރިއާ ސާވިސް ވެސް ހިމެނެނީ މި މިނިސްޓްރީގެ ދަށުގައެވެ.

މިފަހުން ސަރުކާރުގެ ކެބިނެޓަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލާއެކު ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވަނީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ ގެ މަގާމުގައި ކުރިންވެސް ހުންނެވި އިހްސާން އަލީއެވެ.

މި ބަދަލުތަކަކީ ސަރުކާރުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ގުޅުންހުރި ދާއިރާތަކުގެ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ވިލަރެސްކުރުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލުތަކެއް ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ