މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. ވާދޫއިން ދެމީހުން ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ / ސަންދަރޯސްގެ، މުޙައްމަދު އަޝްރަފް (30އ) އާއި ގއ. މާމެންދޫ / ހިތްވަރު، އާމިނަތު ޝާޔާ ޝުޖާޢު (18އ) އެވެ.

ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހު ކަމަށާއި، އެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ވާދޫ ބަނދަރު ސަރަހައްދުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާތީ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.28 ގުރާމް ހުރި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އަޝްރަފް 30 ދުވަހަށް އަދި އާމިނަތު ޝާޔާ ޝުޖާޢު 60 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ