ޕާޓީން ވަކިވުމުން މެމްބަރުކަން ގެއްލޭ މައްސަލައިގެ ހުކުމް ކުރުން ބުދަ ދުވަހު

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙު ބާޠިލުކުރުމަށް ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވުން އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.

މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ހުށަހެޅުއްވި މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މި މަހުގެ ތެރޭގައި ނިންމާލާފައިވާއިރު، މި މައްސަލައިގެ ޙުކުމް އިއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ހެނދުނުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމަވަންދެން، ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމުގެ ވަގުތީ އަމުރަކަށް ޢަލީ ޙުސައިންގެ ފަރާތުން އެދިވަޑައިގަތް ނަމަވެސް، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ނިންމަވާފައެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބައްލަވާ މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާހެން ކޯޓުގެ ހުރިހާ ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަ

ވައެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ