ކޯވިޑް 19 – ފުރަންޓް ލައިނުގައި މަސައްކަތްކުރާ ފަރާތްތަކަށް ހަނިމާދޫ ސްކޫލުގެ ސްޓާފް ރެކްރިއޭޝަން ކުލަބުގެ ފަރާތުން މާސްކު ހަދިޔާކޮށްފި

ހަނިމާދޫ ޚަބަރު އިޖުތިމާޢީ ފަހުގެ

2018 ވަނަ އަހަރުން ފެށިގެން ހަނިމާދޫ ސްކޫލުގައި އުފައްދައިފައިވާ އެ ސުކޫލުގެ ސްޓާފް ރެކްރިއޭޝަން ކުލަބުން ފުރަންޓް ލައިނުގައި މަސައްކަތްކުރަމުންދާ ފަރާތްތަކަށް 100 ފޮތި މާސްކު ހަދިޔާކޮށްފިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫ ސްކޫލުގެ ސްޓާފް ރެކްރިއޭޝަން ކުލަބުގެ ފަރާތުން، މިއަދު މިތަކެތި ހަނިމާދޫ ކައުންސިލަށް ހަވާލު ކޮށްދެއްވީ މުޙައްމަދު ނޫޙެވެ. ހަނިމާދޫ ކައުންސިލުގެ ފަރާތުން ތަކެއްޗާއި ހަވާލުވެލެއްވީ އެ ކައުންސިލުގެ ރައީސް ޢަބްދުއް ސަލާމް ޢަލީއެވެ.

މިތަކެތި ހަވާލުކުރުމުގެ ތެރެއިން ހަނިމާދޫ ސްކޫލް ސްޓާފް ރެކްރިއޭޝަން ކުލަބުގެ ފަރާތުން ވާހަކަ ދައްކަވަމުން އެކުލަބުގެ އިސްފަރާތް އަދި ސްކޫލުގެ ޕުރިންސިޕަލް ވިދާޅުވީ މިއީ ސްކޫލުގެ ހުރިހާ މުވައްޒަފުން ޝާމިލުވާހެން އުފެއްދިފައިވާ ކުލަބެއް ކަމުގައެވެ. އަދި ތަފާތު އެކި ކަންކަމުގައި މިކުލަބުން ޚަރަދުކުރާ ކަމަށާއި، އެކުލަބުގެ ޚަރަދުތައް ކުރަނީ ހުރިހާ މެންބަރުން ކޮންމެ މަހަކު ވަކިވަރެއް ކުލަބަށް ދީގެން ކަމަށެވެ. މިކުލަބުން ކުރަން ނިންމާ ކަންތައް ނިންމަނީ އެކުލަބުގެ ބޯޑުން ކަމުގައިވެސް ވިދާޅުވިއެވެ. އެގޮތުން އެކުލަބުގެ ބޯޑުގެ އިއްތިފާގުން ނިންމުނު ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ ފުރަންޓް ލައިނުގައި މަސައްކަތްކުރާ ފަރާތްތަކުން ތިވަނީ ބޮޑު ގުރުބަނީ އެށްކަމަށާ، މީ ތިޔަ ކޮށްދެއްވާ އަގުހުރި މަސައްކަތުގެ އަގުވަޒަންކޮށް މިކުލަބުގެ ފަރާތުން ވެވޭ ކުޑަ ރަމުޒީ އެހީއެއް ކަމުގައެވެ. މި މާސްކުތައް ފަހާފައިވަނީ ހަނިމާދޫ ސްކޫލް ސްޓާފް ރެކްރިއޭޝަން ކުލަބުގެ އަންހެން މެންބަރުން ސްކޫލަށް ފަހާފޮށި ގެންގޮސްގެން އެތަނުގައެވެ.

މިތަކެއްޗާ ހަވާލުވެ ވާހަކަދަށްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ ހަނިމާދޫގެ މުސްގުބަލު ކަމުގައިވާ ޅަދަރިން ތަމްރީނުކުރުމުގެ ބުރަ އުފުއްލަވަމުން ގެންދަވާ މުއައްސަސާއަކުން މިފަދަ އެހީއެއްވުމުން ވަރަށް އުފާކުރާކަމަށާއި ސްކޫލުތައް ބަންދުކުރެވިފައިވާ މިދަނޑިވަޅުގައިވެސް ދަރިވަރުނަން ތަޢުލީމު ފޯރުކޮއްދޭން ކުރާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރާކަމަށެވެ. ހަނިމާދޫ ސްކޫލާއި ހަނިމާދޫ ކައުންސިލާއި ދެމެދުގައި އަބަދުވެސް ވަރަށް ގާތްގުޅުމެއް އޮންނަކަމަށާ މިގުޅުން އަބަދުވެސް ދެމިއޮތުމަށް އެދޭކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ