މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މި ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް މިއަދު 14:00 އިން ފެށީގެން އިރުއޮއްސި 18:00 އާއި ހަމައަށެވެ.
މެޓުން ނެރުނު ސަމާލުގައި ވިދާޅުވީ، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ސަމާލުގެ އިތުރުން ވެސް މެޓުން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް މެންދުރު 14:15 އިން 18:30 އާއި ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ވެސް ނެރެފައެވެ.


