އައު އެއަރ ޑިފެންސް ސިސްޓަމް ގާއިމްކުރިތާ 5 ގަޑިއިރުތެރޭ އީރާނުން ފުރަތަމަ ޑްރޯން ވައްޓާލައިފި

ޚަބަރު ފަހުގެ ދުނިޔެ

އަރަބިއަން ގަލްފްގެ ވައިގެ ސަރަހައްދަށް ވަދެއުޅުނު ޑްރޯންއެއް ވައްޓާލާފައިވާ ކަމަށް އީރާނުން ބުނެފިއެވެ.

ޑްރޯން ވައްޓާލާފައިވަނީ އީރާނުގެ ދެކުނުން ޕާޝިއަން ގަލްފްގައި އޮންނަ ޤެޝުމް އައިލެންޑް ކައިރިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އީރާނު އަސްކަރިއްޔާގެ މަސްދަރުތަކާ ހަވާލާދީ ފާރސް ނޫސް އޭޖެންސީން ބުނެފައިވަނީ، ޑްރޯން ވައްޓާލަން އީރާނުން ބޭނުންކުރީ އަސްކަރިއްޔާގައި އަލަށް ބޭނުންކުރަން ފެށި އަރަޝް އާޗަރ އެއަރ ޑިފެންސް ސިސްޓަމް ކަމަށެވެ.

އީރާނުން ހަމަލާދީ ވައްޓާލީ ސްޓެލްތު ޑްރޯންއެއް ކަމަށާއި، އެއީ ކޮން ގައުމެއްގެ ޑްރޯންއެއް ކަމެއް އަދި ނޭނގޭ ކަމަށާއި، އެކަން ބަލަމުންދާ ކަމަށް އީރާނުން ބުނެއެވެ.

އަރަބިއަން ގަލްފް ވައިގެ ސަރަހައްދުގެ ތެރެއަށް ވަން ގޮތްނޭނގޭ ޑޮރޯންއެއް ވައްޓާލި ޚަބަރު ފެތުރިގެން މިދިޔައީ، އީރާނުން އަލަށް ބޭނުންކުރަން ފެށި އެއަރ ޑިފެންސް ސިސްޓަމްތައް ގާއިމްކުރެވިއްޖެކަން އީރާނު އަސްކަރިއްޔާއިން އިއުލާން ކުރި ފަސްވަރަކަށް ގަޑިއިރު ފަހުންނެވެ.

އީރާނުން އަލަށް ގާއިމްކުރި އެއަރ ޑިފެންސް ސިސްޓަމްތަކަކީ، ސްޓެލްތު ޑްރޯންތައް ދެނެގަންނަ ސިސްޓަމްތަކެކެވެ. އަދި އެނޫންވެސް ސިއްރު އެތައް ގާބިލްކަމެއް އެ ސިސްޓަމްތަކަށް ލިބިގެންވާ ކަމަށް އީރާނު އަސްކަރިއްޔާގެ މަސްދަރަކާ ހަވާލާދީ މެހްރް ނިއުސް އޭޖެންސީން ބުނެފައި ވެއެވެ.

އީރާނުން އިހަށްދުވަހުވެސްވަނީ، ހޮރްމޫޒު ކަނޑުއޮޅި ސަރަހައްދުން ހޮރްމޮޒްގަން ސަރަހައްދަށް ވަދެ އުޅުނު ޑްރޯންއެއް ވައްޓާލާފައެވެ. ރިޕޯޓްތައް ބުނާގޮތުގައި އެއީ، ޒަޔަނިސްޓު ދައުލަތުން އީރާނަށް ފާރަލާން ފޮނުވި ޑްރޯން އެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ