މާލެއިން އއ. ތޮއްޑޫއަށް ދަތުރުކުރަމުން ދިޔަ “ރިލެކްސް އައިޝާ” ނަމަކަށް ކިޔާ ލޯންޗު ދިޔަވެ އަޑިއަށް ދާން ފެށުމުން، އެ އުޅަނދުން ދަތުރުކުރި 25 މީހުން ރައްކާތެރިކަމާ އެކު ސަލާމަތްކޮށްފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 5:30 ހާއިރުއެވެ.
މެރިން ޕޮލިހުން ބުނީ މިއީ މޫސުން ގޯސް ދުވަސްވަރެއް ކަމުން، ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.


