ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ޚަބަރު ފަހުގެ

ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމުން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ވައިގެ މަގުން އެތެރެ ކުރަން އުޅުނު އެތަކެތި އަތުލައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަތުލައިގަނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ކަމަށާއި އެތަކެތީގެ ބަރުދަނުގައި 8،490 ގްރާމް ހުރި ކަމަށް ކަސްޓަމުން ވަނީ ވިދާޅުވެފައެވެ.

ކަސްޓަމުން މައުލޫމާތު ދިން ގޮތުގައި އެތަކެތީގެ މަގުމަތީގެ އަގު 6 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ