އިންޑިއާ އިން މަޖިލީހުގެ ހަ މެމްބަރެއްގެ ދާއިރާއަށް ލެޕްޓޮޕް ހަދިޔާކޮށްފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވާ ހަ މެމްބަރެއްގެ ދާއިރާއަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ލެޕްޓޮޕްތަކެއް ހަދިޔާކޮށްފިއެވެ.

މީގެތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްންބަރު އަބްދުއްރަހީމް އަބްދުﷲ އާއި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަފޫ ހާމިދާއި ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމާއި ކުރެންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާމިން ހަބީބުގެ އިތުރުން ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ ދާއިރާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މަޖިލީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ލެޕްޓޮޕްތައް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ ބަލަސުބްރަމަނިއަމްއެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނެފައިވަނީ މި ލެޕްޓޮޕްތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ކުރިއަށް ގެންދާ “މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން” ތަސައްއްވުރު ހަގީގަތަކަށް ހެދުމަށް އެހީތެރިވުމުގެ ގޮތުން ހަދިޔާކޮށްފައިވާ ލެޕްޓޮޕްތަކެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ