ގަދަފަދަ ހޫނުގެ ސަބަބުން ޔޫރަޕް “ވިރިގެންފައިބަނީ”

ޚަބަރު ފަހުގެ ދުނިޔެ

ގަދަފަދަ ހޫނުގެ ސަބަބުން ޔޫރަޕްގެ ގައުމުތައް “ވިރިގެން” ފައިބަން ފަށައިފިއެވެ.

ޔޫރަޕްގެ އެތައް ގައުމެއްގެ މަގުތަކުގައި ހަރުކޮށްފައިވާ ޕްލާސްޓިކާއި ރަބަރުން ހަދާފައިވާ އެތައް އެއްޗެއް ގަދަ ހޫނުގެ ސަބަބުން ވިރިގެން ފައިބަން ފަށާފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން، ފްރާންސް، ޖަރުމަނީ، އިޓަލީ، ޔޫކޭ އަދި ސްޕެއިންގެ މަގުތަކުގައި ހަރުކޮށްފައިވާ ޓްރެފިކް ލައިޓްތައްވެސް ވަނީ ވިރިގެން ހަލާވެގެން ގޮސްފައެވެ.

މަގުތަކުގެ ތާރުގަނޑުތައް ވިރި، ބައެއް ހިސާބުތަކުގައި އަޅާފައިވާ ރޭލު ދަނގަނޑުތައްވެސް ވަނީ އުފުލިގެން މައްޗަށް އަރާފައެވެ. އަދި ބޮޑެތި ހައިވޭތަކުގެ ތާރުގަނޑުތައް ވިރިގެންގޮސް ދަތުރު ފަތުރަށްވެސް ދަނީ ހުރަސް އެޅެމުންނެވެ.

ފްރާންސް، ޖަރުމަނީ އަދި ސްޕެއިންގައި ހޫނުމިންވަނީ 40 ޑިގްރީ ސެލްސިއެސްއަށް މައްޗަށް ގޮސްފައެވެ. ބެލްޖިއަމްގެ ބްރަސަލްސްގައި ހޫނުމިން މިހާރު ހުރީ 38 ޑިގެރީ ސެލްސިއެސްގައެވެ.

ޑެންމާކާއި ޗެކް ރިޕަބްލިކް ފަދަ ގައުމުތައްވެސް ދަނީ ގަދަ ހޫނު ތަޖުރިބާކުރަމުންނެވެ.

ހުޅަނގު ޔޫރަޕްގެ ގައުމުތަކައް މިވަގުތު ގަދަ ހޫނުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދިޔަ ނަމަވެސް، މި ހަފްތާ ތެރޭގައި މެދުތެރޭ ޔޫރަޕްގެ ގައުމުތަކަށްވެސް ހޫނުގެ އަސަރު ފޯރާނޭ ކަމަށް، މޫސުމާބެހޭ އިދާރާތަކުން ގެންދަނީ އިންޒާރު ކުރަމުންނެވެ.

ގަދަ ހޫނުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުން އެތައް ބަޔަކު މަރުވެފައިވާކަން މިހާތަނަށް ރިޕޯޓް ކޮށްފައި ވާއިރު، ފްރާންސުން ބުނެފައިވަނީ އެގައުމުން އެކަނިވެސް ގަދަ ހޫނާ ގުޅުންހުރި ހާދިސާތަކުގައި މިހާތަނަށް ހާހެއްހާ މީހުން މަރުވެފައިވާ ކަމަށެވެ. މިއަދު އެކަނިވެސް ސަތޭކައެއްހާ މީހުން މަރުވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. މަރުވި ގިނަ މީހުންނަކީ އުމުރުން 65 އަހަރުންމަތީގެ މީހުން ކަމަށާއި، އެމީހުން މަރުވެފައިވަނީ ގެތަކުގައި ތިއްބައި ކަމަށްވެސް ފްރާންސްގެ ކަމާބެހޭ އިދާރާތަކުން ބުނެފައި ވެއެވެ.

ގަދަ ހޫނުގެ ސަބަބުން ހާލަތު ދެރަވެ ހޮސްޕިޓަލްތަކަށް ގެންދާ މީހުންނާއިގެން ހޮސްޕިޓަލްތައް ތޮއްޖެހި، ޚިދުމަތް ދިނުމަށް ބުރޫއަރަމުންދާއިރު، ގަދަ ހޫނުން ސަލާމަތްވާން އާންމުން ދަނީ މޫދަށާއި، ކޯރުތަކަށާއި، ޕޫލްތަކާއި ފެންގަނޑުތަކަށްވެސް އެރެމުންނެވެ.

ޖަރުމަނުގެ ބާލިންގެ މަގުތަކުގައި ފުލުހުން ގެންދަނީ، ގަދަހޫނުން ސަލާމާތްވާން އެހީތެރިވުމުގެ ގޮތުން އާންމުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ފެންހޮޅިތަކުން އާންމުންގެ ގަޔަށް ފެންވެސް ޖަހަމުންނެވެ. އެހެންޏާ، މުޒާހަރާތައް ރޫޅާލަން ޕްރެޝަރުގައި ފެންޖެހި ނަމަވެސް، މިހާރު މިދަނީ އާންމުންނަށް ފިނިކޮށްދިނުމަށް ފެންޖަހައިދެމުންނެވެ.

ސައިންސްވެރިން ބުނަނީ، ޔޫރަޕް މިހާރު ތަޖުރިބާކުރަމުންދާ ގަދަ ހޫނަކީ މިހާތަނަށް ކުރިމަތިވި އެންމެ ހޫނުގަދަ ދުވަސްތައް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ