ސައިކަލަކަށް ފައިސާ ނުދައްކައިގެން އަންހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފި

ފަހުގެ ޚަބަރު

ސްކީމްގެ ޒަރިއްޔާއިން ނެގި ސައިކަލަކަށް ފައިސާ ނުދައްކައިގެން ސިވިލް ކޯޓުން ހުކުމެއް ކޮށްފައިވާ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން މިއަދު ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން އެ މީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ހަވީރީގެ، ލ. ކަލައިދޫ، މަރިޔަމް ވަހީދާ (49އ) އެވެ.

ފުލުހުން ބުނި ގޮތުގައި ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2026 ޖުލައި 06 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

 

އެހެންކަމުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.

 

ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި އިސްމާއިލް އާމިރު ކިޔާ މީހަކު ވަނީ ލިޓަސްއިން ނެގި ސައިކަލަކަށް ރުފިޔާ ނުދައްކައެވެ. އެ ސައިކަލު ނަގަން ގެރެންޓީ ދީފައިވަނީ މަރްޔަމް ވަހީދާއެވެ. އެއާއެކު އެ ދެމީހުންގެ މައްޗަށް މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ ސައިކަލަށްވާ ޖުމްލަ އަދަދު 84،797 ރ. އެއްމަސް ދުވަސް ތެރޭ ދެއްކުމަށް ހުކުމް ކޮށްފައެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ