ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ބޭނުންނުކުރެވޭ ވަރަށް އަނދައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހދ. ހަނިމާދޫ ބަނދަރުގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ލޯންޗު ބޭނުންނުކުރެވޭ ވަރަށް އަނދައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ ހަނިމާދޫ ”ގަހާ ތަރި” ލޯންޗުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން ބުނި ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ ރޭ ދަންވަރު 00:20 އެހައިކަންހާއިރު އެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށެވެ. ފަޅުވެރިޔާއަށް ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ނަމަވެސް، ކެޕްޓަނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފަ އެވެ.

މި ހާދިސާގައި ލޯންޗު މުޅިން އަނދައި ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެފައިވާއިރު، އަލިފާން ރޯވާން ދިމާވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ