ތަޒްކިޔާ އާއި ލޫތު ފެތުމުގެ ޤައުމީ ރިކޯޑުތަކެއް އައުކޮށްފި

ކުޅިވަރު ފަހުގެ

ރާއްޖޭގެ ގައުމީ ސްވިމިން ޓީމުގެ އަމްނާ ތަޒްކިޔާ މިރުސާދު އާއި ލޫތު މުހައްމަދު ހުސެއިން، ފެތުމުގެ އިތުރު ޤައުމީ ރެކޯޑްތަކެއް އައުކޮށްފިއެވެ.

މި ދެ ފެތުންތެރިން ރެކޯޑުތައް އައުކޮށްފައި ވަނީ، ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގެ ތިންވަނަ ދުވަހު ކުރިއަށްދިޔަ އިވެންޓްތަކުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ތަޒްކިޔާ އައުކޮށްފައި ވަނީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑެވެ. އޭނާ މި ރެކޯޑު އައުކޮށްފައި ވަނީ މި 01:02.74 އިން އިވެންޓު ފުރިހަމަ ކޮށްގެނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުންވެސް އާކޮށްފައިވަނީ ތަޒްކިޔާ އެވެ. އެއީ، 2025 ވަނަ އަހަރު ބެންކޮކްގައި ކުރިޔަށްދިޔަ އޭޝިޔަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް އެކުއާޓިކް ޗެމްޕިއަންޝިޕް ގައި 01:03.67 އިން ރޭސް ނިންމައިގެންނެވެ.

މީގެއިތުރުން، ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ލޫޠު މުޙައްމަދު ޙުސައިން އައުކޮށްފައިވާއިރު އޭނާ މި ރެ ކޯޑު އައުކޮށްފައި ވަނީ 00:31.54 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް ލޫޠެވެ. އެއީ 2025 ވަނަ އަހަރު ރޮމޭނިއާ ގައި ކުރިޔަށްދިޔަ 10 ވަނަ ވޯލްޑް އެކުއަޓިކަސް ޖޫނިއަރ ސްވިމިންގް ޗެމްޕިއަންޝިޕްސް ގައި 00:31.81 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

މި ދެ ރެކޯޑާއެކު، މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ފެތުންތެރިން މި ވަނީ ޖުމްލަ އެކު، ހަ ގައުމީ ރެކޯޑެއް އައުކޮށްފައެެވެ.

މި ފަހަރުގެ ގޭމްސްގައި ކުރިން ރާއްޖެއިން އައުކޮށްފައި ވަނީ، އަންހެނުންގެ 200 މީޓަރު ފްރީސްޓައިލް އިވެންޓްގައި ވާދަކުރި މެރާލް އައިން ލަތީފް ހެދި ރެކޯޑާއި ހަތަރެއް ގުނަ 100 މީޓަރު ފްރީ ސްޓައިލް އިވެންޓްގައި ވާދަކުރި މިކްސް ރިލޭ ޓީމުން ހެދި ރެކޯޑްގެ އިތުރުން، 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކޮށް، އާން ހެދި ގައުމީ ރެކޯޑާއި 100 މީޓަރު ބްރެސްޓްރޯކް އިވެންޓުގައި ވާދަކޮށް ލޫތު އާ ކުރި ގައުމީ ރެކޯޑެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ