ހަނިމާދޫ ހަތިފުށި އަވަށުގެ ރަތްޔިތުން އެމްޓީސީސީ އަށް ހަވީރުގެ ސައިފޮދެއް އަރުވައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހދ.ހަނިމާދޫގެ ބަނދަރާއި މަގުތައް ހެނދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ އެމްޓީސީސީ ގެ މުއައްޒަފުންނަށް ހަނިމާދޫ ހަދިފުށި އަވަށުގެ ރަތްޔިތުން ހަވީރުގެ ސައިފޮދެއް އަރުވައިފިއެވެ. މި ސައިފޮދު އޮތީ ބަނދަރަށް އަލަށް އިތުރުކުރާ ސަރަހަދުގައި މިއަދު ހަވީރުއެވެ.

މިކަމާއި ބެހޭގޮތުން މައުލޫމަތު ހިއްސާކުރައްވަމުން މިކަމުގައި ހަރަކާތްތެރިވި ބައިވެރިއެއް ކަމުގައިވާ ޢަލީ އިބްރާހީމް ވިދާޅުވީ “އަޅުގަނޑުމެން ހުރިހާ މީހުން ބޭނުންވީ ރަށުގެ ތަރައްގީއަށް ކުރިއެރުމަށް ކުރެވޭ ބޮޑު ދެ ޕްރޮޖެކްޓު ކަމުގައިވާ ބަނދަރު ބޮޑުކުރުމާއި މަގު ހެނދުން ކުރިއަށް ގެންދާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އެމަސައްކަތް ބަލައިގަންނަކަން ހާމަކޮށް ޝުކުރު އަދާކޮށްލަން، އެހެންވެ އިންތިޒާމް ކޮށްލި ސައެއްމީ”

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ވީޑިއޯ : މުޙައްމަދު އަބޫބަކުރު

މި ސައިފޮދުގައި ހަނިމާދޫ ކައުންސިލުގެ މުއައްޒަފުންވެސް ބައިވެރިވެވަޑައިގަތެވެ. ކައުންސިލުގެ ރައީސް ޢަބްދުއް ސަލާމް އަލީ ވަނީ މިސައިފޮދު އިންތިޒާމުކޮށް ކުރިޔަށް ގެންދެވީތީ ހަނިމާދޫ ހަތިފުށި އަވަށުގެ ރަތްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ. އިތުރަށް ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ މިކަމުން އެނގިގެންދަނީ ރަތްޔިތުން ތަރައްގީއަށް މަރުހަބާ ކިޔާކަން ކަމަށެވެ. އަދި މިހާރު ކުރިއަށް ގެންދަވާ ދެ މަޝްރޫޢު ބާރު ސްޕީޑުގައި ގޮސް ވީ އެންމެ ފުރިހަމައަށް ނިންމަވައިދެއްވުމަކީ އެމްޓީސީސީގެ ކިބައިން އެދޭ ވަރަށްބޮޑު އެދުމެއްކަމަށެވެ.

ބަނދަރުގެ 26 އިންސައްތަ އަދި މަގު ހެދުމުގެ މަޝްރޫޢުގެ %70 މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީގެ ފަރާތުން ކުރިން ވަނީ ހާމަކުރައްވައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ