ރާއްޖެ ސުޕަރ ލީގު: ހަނިމާދޫއަށް ހިތްދަތި ފެށުމެއް!

ހަނިމާދޫ ކުޅިވަރު ފަހުގެ

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ ކުޅުން މިއަދު ފެށިއިރު، މި މުބާރާތް ކުރިއަށްދާނީ މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ހަތް ޓީމެއް ވާދަކުރާއިރު، މި ޓީމުތައް ދެ ގްރޫޕަކަށް ވަނީ ބަހާލާފައެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ތިން މެޗު ކުޅުނުއިރު، ފުރަތަމަ މެޗުން ޕޫލް އޭގައި ހިމެނޭ ފެލިދޫ މޮޅުވީ ހދ. ހަނިމާދޫ އަތުން 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-21، 26-28، 25-22 އަދި 25-17 އިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މުބާރާތުގެ ދެވަނަ މެޗުގައި ޕޫލް އޭގައި ހިމެނޭ ފޮނަދޫ މޮޅުވީ ކ. މާފުށި އަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ފޮނަދޫން ގެންދިޔައީ 25-20، 25-18 އަދި 25-18 އިންނެވެ.

މީގެ އިތުރުން މިރޭ ކުޅުނު ޕޫލް ބީގެ މެޗުން ގޮއިދޫ މޮޅުވީ ތ. ހިރިލަންދޫ އަތުން ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-22، 17-25، 25-22، 25-14 އަދި 15-13 އިންނެވެ.

މި މުބާރާތުގައި މިއަދު ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަ މެޗުގައި 16:00 ގައި ބައްދަލު ކުރާނީ ހަނިމާދޫ އާއި ލ.ފޮނަދޫ އެވެ. ދެވަނަ މެޗުގައި 20:39 ގައި ބައްދަލު ކުރާނީ ބ.ގޮއިދޫ އަދި ކ.ތުލުސްދޫ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ