ޒަކާތު ފަންޑާއި ވަގުފު ފަންޑުން 300 މިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް ކުރިއަށް އެބަދޭ: މިނިސްޓަރ

ޚަބަރު ފަހުގެ

ޒަކާތު ފަންޑާއި ވަގުފު ފަންޑުން 300 މިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް މިހާރު ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހަސަން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އަމާޒަކީ އެ މިނިސްޓްރީ އަކީ މާލީ ގޮތުން އަމިއްލަ ފުދުންތެރިކަން އޮންނަ ތަނަކަށް ހެދުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިނިސްޓަރު ޝަހީމް ވަނީ، އިސްލާމިކް މިނިސްޓްރީން ބަލަހައްޓާ ޒަކާތު ފަންޑަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، އެ ފަންޑަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި ވަގުފު ފަންޑު ވެސް ކުރިއަރަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

”މިހާރު އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން ގާތްގަނޑަކަށް 300 މިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް، ވަގުތު ފަންޑާއި ޒަކާތު ފަންޑު ގުޅިގެން. އަހަރެއްހާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ އަމިއްލަ ޒާތުގައި ވަރަށް ތަނަަވަސް ވުޒާރާއަކަށް ވެެގެންދާނެ،“ ޝަހީމް

އޭނާ ވިދާޅުވި ގޮތުގައި އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ އިސްލާމީ ކަންތައްތައް ފެތުރުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާނުވެ މިނިސްޓްރީގެ އަމިއްލަ ފައިސާއިން ކަންތައްތައް ކުރުމެވެ. މިހާރު ހުރި ގިނަ ދަތިތައް އޭރުން ހައްލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ