މާފަރު އެއާޕޯޓް އިތުރަށް ތަރައްގީކުރަން މަޝްވަރާކޮށްފި

ފަހުގެ ޚަބަރު

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ތިންވަނަ ފިޔަވަހީގެ ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އާ މަޝްވަރާކޮށްފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭންތަކާއި މަސައްކަތްތަކާމެދު އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް މާފަރު އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް އޭޑީއެފްޑީއާއެކު މަޝްވަރާ ކުރެވުމަކީ ލިބުނު އުފަލެއް ކަމަށް އަމީން ވިދާޅުވި އެވެ. އަދި 2019 ވަނަ އަހަރު ހުޅުވި މި އެއާޕޯޓަކީ އޭޑީއެފްޑީގެ އެހީތެރިކަމާއެކު ބިނާކޮށްފައިވާ ތަނެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ވަނީ އެއާޕޯޓުގެ ރަންވޭ 2،850 މީޓަރަށް ދިގުކޮށްފަ އެވެ. އެއާއެކު މިހާރު ވައިޑް-ބޮޑީ މަތިންދާބޯޓުތަކަށް ޖެއްސޭނެ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ގިނަ ޕްރައިވެޓް ޖެޓްތައް ޖައްސާ އެއާޕޯޓެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ