ރާއްޖެ ސުޕަ ލީގު: ޓީމް ހަނިމާދޫ ދެވަނަ މެޗުވެސް ބަލިވެއްޖެ

ހަނިމާދޫ ކުޅިވަރު ފަހުގެ

އަންގާރަ ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ހަނިމާދޫ އިން ނުކުތީ ފޮނަދޫއާއި ދެކޮޅަށެވެ. މި މެޗު ފޮނަދޫ އިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫއިން ވަނީ 25-22 އިން ސެޓު ގެންގޮސްފައެވެ. އެކަމަކު ޖެހިގެން އައި ދެވަނަ ސެޓުގައި ފޮނަދޫއިން ވަނީ ކުޅުން ރަނގަޅުކޮށް 23-25 އިން ސެޓު ކާމިޔާބުކޮށްފައެވެ. ޖެހިގެން އައި ތިންވަނަ ސެޓު އަދި ހަތަރުވަނަ ސެޓުގައި ހަނިމާދޫގެ ފަރާތުން ފެނިގެންދިޔަ ދަށް ކުޅުމުގެ ފައިދާ ނަގާ މި ދެ ސެޓު ފޮނަދޫއިން ގެންދިޔައީ 20-25 އަދި 25-16 އިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެއިތުރުން އަންގާރަ ދުވަހުގެރޭ ވަނީ ގޮއިދޫން ވަނީ ކ. ތުލުސްދޫ ބަލިކޮށްފައެވެ. މި މެޗު ގޮއިދޫން ކ. ތުލުސްދޫ ބަލިކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައްދިޔައީ، 25-14، 28-30 އަދި 25-23 އިންނެވެ.

މި މުބާރާތުގައި ބުދަ ދުވަހުގެ ހަވީރު ވ. ފެލިދޫ ނުކުންނާނީ ކ. މާފުށްޓާއި ދެކޮޅަށެވެ. އަދި ތ. ހިރިލަންދޫ ނުކުންނާނީ ކ. ތުލުސްދޫއާއި ދެކޮޅަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ