ހަނިމާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “އިންޓަރ އޮފީސް ފުޓްސަލް އަދި ހޭންޑްބޯޅަ ޓޯނަމެންޓް 2026” އިންތިޒާމުކޮށް، މުޅި މުބާރާތް ހިންގުމުގެ މަސްއޫލިއްޔަތު “ޑްރާފްޓް އެންޑް ކްރާފްޓް” އާއި ހަވާލުކޮށް، އެކަމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލީ އިބްރާހީމް އެވެ.. އަދި ޑްރާފްޓް އެންޑް ކްރާފްޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޯނަރ ޝިފާން ހަސަން އެވެ.
ޖުމަލަ 278350.00 ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވާއިރު، ޑްރާފްޓް އެންޑް ކްރާފްޓް އަންނަނިވި ކަންތަށް ފުރިހަމަ ކުރަން ލާޒިމް ކުރެއެވެ.
އިންތިޒާމުކުރުމުގެ ދާއިރާތައް:
* މުބާރާތުގެ ތާވަލު އެކުލަވާލުމާއި މެޗުތައް އިންތިޒާމުކޮށް ހިންގުން.
* މުބާރާތުގެ ރެފްރީކަމާއި އޮފިޝަލުންގެ ކަންކަން ހަމަޖެއްސުން.
* މުބާރާތުގެ ބްރޭންޑިންގ، މާކެޓިންގ އަދި މީޑިއާ ކަވަރޭޖްގެ މަސައްކަތްތައް.
* މުބާރާތް ބޭއްވުމަށް ބޭނުންވާ ދަނޑާއި ވަސީލަތްތައް
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެތެރޭގައެވެ.


