ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް އަތުލައިގެންފި

ޚަބަރު ފަހުގެ

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ، މި ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 3 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެއާޕޯޓުން ބަލައި ފާސްކުރުމުގެ ތެރޭގައި އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި ޖުމްލަ 800 ވޭޕް ކާޓްރިޖް ހިމެނޭކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް ކަސްޓަމްސްއިން ހިންގި އެކި އޮޕަރޭޝަންތަކުގައި މިދިޔަ ޖޫންމަހުވެސް އެކި ފަހަރުމަތިން ޖުމްލަ 28637 ވޭޕް ކާޓްރިޖް ވަނީ އަތުލައިގެންފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ