ހަނިމާދޫގެ މާބަނޑު މީހުންނަށާއި ގާތުންދޭ މައިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ސެޝަނެއް ބާއްވައިފި

ހަނިމާދޫ ޚަބަރު ފަހުގެ

2026 ވަނަ އަހަރުގެ ގާތުންދޭ ހަފުތާ ފާހަގަކުރުމުގެ ގޮތުން، ހދ. ހަނިމާދޫގެ މާބަނޑު މީހުންނަށާއި ގާތުންދޭ މައިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަންގެ މައިގަނޑު ޢަމާޒަކީ އެންމެން ގުޅިގެން އާއިލާތައް ބިނާކުރުމުގައި ބޭނުންވާނެ މައުލޫމާތާއި، އަޅާލުން ދިނުމުގެ އިތުރުން އެހީތެރިކަމުގެ ވަރުގަދަ ބިންގަލެއް އެޅުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ސެ ޝަނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޕަބްލިކް ހެލްތު ޔުނިޓާއި، އާރް.އެޗް ސެންޓަރު އަދި ހަނިމާދޫ ސިއްޙީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާއަކީ ކޮންމެ އަހަރެއްގެ އޯގަސްޓް 1 އިން 7 އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރާ ހަފްތާއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ