ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ފެނަކަ އާއި އާރްޑީސީ އުވާލައި އެ ކުންފުނިތައް އެމްޓީސީސީ އާއި ސްޓެލްކޯއާ އެއްކޮށްލަން ނިންމައިފި އެވެ.
މިކަން މިއަދު އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުގަ އެވެ.
ރައީސް ވިދާޅުވީ ފެނަކަ އުވާލައި، ފެނަކައިގެ ދަށުން ދެމުން ދިޔަ ޔޫޓިލިޓީގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށުން ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. ހަމައެއާއެކު އާރްޑީސީ އުވާލައި، އެމްޓީސީސީގެ ދަށަށް އެ ކުންފުނިން ކުރަމުން ދިޔަ މަގު ހެދުމުގެ މަސައްކަތްތައް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
“މި ބަދަލާއެކު، ކުންފުނިތަކުން މުވައްޒަފުން މަދުކުރެވި، ކުންފުނިތައް ރައިޓް ސައިޒްކުރެވި އިސްރާފުވެގެންދާ ޚަރަދު ކުޑަކުރެވޭނެ.” ރައީސް ވިދާޅުވި އެވެ.


