60،000 މަތިން މުސާރަ ލިބޭ މީހުންނަށް އާސަންދަ އެއްކޮށް ދެން ނުލިބޭނެ

ޚަބަރު ފަހުގެ

60،000 މަތިން މުސާރަ ލިބޭ މީހުންނަށް އާސަންދައިން ދޭ ހުރިހާ ހިދުމަތެއް ދެން ނުލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ 60،000 މަތިން މުސާރަ ލިބޭ މީހުންނަށް އަންނަ މަހުން ފަށައިގެން އާއްމު ރައްޔިތުންނަށް އާސަންދައިން ދޭ ހުރިހާ ހިދުމަތްތަކެއް ނުލިބޭނެކަމަށެ ވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ބަދަލާއި އެކު 60،000 މަތިން މުސާރަ ލިބޭ ފަރާތްތަކުން އާސަންދަ ލިބޭނީ ކޯ ޕޭ ނުވަތަ ޕްރީ ޕޭ ނިޒާމެއްގެ ތެރެއިންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

” އޭގެ ސަބަބުން އަހަރު ދުވަހުގެ ތެރޭގައި 287 މިލިއަން ރުފިޔާ ރައްޔިތުންގ އެހެނިހެން ކަންކަމަސް ހަރަދުކުރަން ސަލާމަތް ކުރެވޭ. އެހެންކަމުން މުއްސަދިން އިންކަމް ޓެކްސް ޕޭ ކުރާ ފަރާތަކަށް ކޮންމެހެން އާއްމުންނަށް ލިބޭ ގޮތަށް ހުރިހާ ކަމެއް ފްރީކޮށް ލިބޭކަށް ނުޖެހޭ” ރައީސް

މި ބަދަލު އަންނަމަހުން ފެށިގެން ގެންނާނެކަމަށާއި އެއާއި އެކު މިއަހަރުގެ ތެރޭގައިވެސް ބޮޑު ބައެއް ސަލާމަތް ކުރެވޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ